ޑޯނިއާ ފްލައިޓް ދުއްވަން ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ 2 ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލްއެވެ.
އަސްކަރީ މަތިންދާބޯޓު ދުއްވުމުގައި، ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފަށައިފި. މިއަދު އޮތް ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ 2 ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްދެއްވީ @CDFofMNDF
ރިޕޯޓް އަދި އިންޓަރވިއު: https://t.co/crt9nGaYZ4 pic.twitter.com/F9oVe4rVDt— Maldives National Defence Force (@MNDF_Official) November 9, 2021
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.
ރާއްޖެއަށް ހަދިޔާކުރުމަށްފަހު އިންޑިއާގެ ސިފައިން ޑޯނިއާ މަތިންދާ ބޯޓް އަދި ހެލިކޮޕްޓަރު ދުއްވުމުގައި އުޅޭތީ އެކަމުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.