Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރައީސް ސޯލިހް ލަންކާގެ ރައިސްއާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހް ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ލަންކާގެ ރައީސްއާ މިއަދު ބައްދަލުކުރައްވާ ވަނީ ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރުމާއި ގުޅޭގޮތުންނާއި އެކި ދާއިރާތަކުން މަޝްވަރާ ކުރައްވާފައެވެ.

ރައީސް ސޯލިހް ދެ ދުވަހަށް ކުރައްވާ މި ރަސްމީ މި ދަތުރުފުޅަކީ އެޤައުމުގައި ފެށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.