Last Updated: August 19, 19:15
Tuesday, August 19, 2025
ޚަބަރު

ޑްރަގާ އެކު މަރަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ބެެލެވޭ ތަކެއްޗާ އެކު ސ. މަރަދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަރަދޫ ގެއަކުން މަސްތުވާތަކެއްޗާ އެކު 24 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

ހައްޔަރު ކުރި މީހާއަކީ ވައްކަމާއި މަސްތުވަތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސް ކުރި އިރު ދިރިއުޅޭ ގޭގެ ފާޚާނާ ތެރެއިން މަަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ހޮޅިކޮޅު ފެނިފައިވެ އެވެ.