Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސިންގަލް-ޔޫސް ޕްލާސްޓިކް އެތެރެކުރުން މަނާވާ އިސްލާހު ތަސްދީޤުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ މި ޤާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް، 'ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން' މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި އަކުރެއް އިތުރުކުރުމަށެވެ.

އެގޮތުން އިތުރުކުރި މި އަކުރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މި ލިސްޓު، އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތުމާއެކު މި އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު ރައީސް ކަނޑައަޅާ ފުރަތަމަ ލިސްޓު، 1 ޖަނަވަރީ 2022 ގެ ކުރިން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެކަމުގައި ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.