ހިޔާ ފްލެޓްގެ ފިނިޝިން ނިންމާ ނުދިނީ މިސަރުކާރުން ކަމަށް ވިދާޅުވެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު، އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ރައްދު ދެއްވައިފިއެވެ.
ޝުޖާއު ރޮޒައިނާއަށް ރައްދު ދެއްވާފައިވަނީ އިއްޔަ ބަޖެޓް ބަހުސްގައި ރޮޒައިނާ ދެއްކެވި ވާހަކައިގެތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވިއްކާލުމަށް ގޮވާލުމާ ގުޅިގެންނެވެ.
ރޮޒައިނާގެ ވާހަކަތަކަށް ރައްދު ދެއްވާ ޝުޖާއު ވިދާޅުވީ، ހުޔާ ފްލެޓްތައް އަޅާދެއްވީ ރައީސް ޔާމީން ކަމަށާއި، އެތަނުގެ ފިނިޝިން ނިންމާ ނުދިނީ "ރޮޒައިނާ ގެނައި ކޮތަޅު ސަރުކާރުން" ކަމަށެވެ.
"ރައީސް ޔާމީން ގެ ވިއްކާފައި މުށި ޖެހުމުގެ ބަދަލުގައި، ޑޮނާޑް އާއި، ދެމަފިރިންނަށް ނެގި ރިސޯޓް ވިއްކާލިއްޔާ މާ ތާހިރު ވާނެ." ޝުޖާއު ވިދާޅުވިއެވެ.
RY evany hiyaa flat thah alhaafa. Ethanuge finishing nunimmaa dhiny @Roxeyna genai kothalhu sarukaaru.RY ge vikkaafa mushi jehumuge badahal gai donaad aai Dhemafirinnah negi resort vikkaaliyyaa maa thaahiru vaane.#Ladhu https://t.co/73AzDbNRFd
— Ibrahim Shujau (@IbrahimShujaau) November 9, 2021
މަޖިލީހުގެ އިއްޔަގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ކުރީ ސަރުކާރުން ސޯޝަލްހައުސިންގެނަމުގައި "ހާވާފައި ހުރި ހަޑި" އެންމެނަށް ހުރީ ފެންނަންކަމަށާއި، އެމަޝްރޫއަށް ނެގި ލޯނުން އޭގެ ދެ މަޝްރޫއު ހިންގޭނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ތަށިމުށި ޖަހަން ރައްޔިތުންނަށް ފައިސާ ދޭށޭ ބުނާއިރު، ތަށިމުށި ޖަހަން ވީ ފައިސާއިން އެހެރީ އަތިރިމަތީގައި 15 ބުރީގެ އިމާރާތެއް ހަދާފަ. އަޅުގަނޑު ގޮވާލަން ސަރުކާރަށް، އެ 15 ބުރީގެ އިމާރާތް ވިއްކާލައިފައި، ތަށިމުށި ގަނެދޭށޭ ރައްޔިތުންނަށް." ރޮޒައިނާ ވިދާޅުވިއެވެ.