Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކޮވިޑް-19 ގައި ދެ މަހުގެ ކުއްޖަކު ނިޔާވެއްޖެ

ކޮވިޑް-19 ގައި ރާއްޖެއިން ދެ މަހުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ގައި މިހާތަނަށް ނިޔާވި އެންމެ ހަގު ކުއްޖާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މަހުގެ ފިރިހެން ކުއްޖާ ނިޔާވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށެވެ. އެހެންނަމަވެސް މިމަރާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 89،126 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 2080 ކޭސް އެވެ. މި ބަލިން 86،787 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 12 މީހަކަށެވެ.