Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކުރިން ވިސާ ނެގުމަކާ ނުލައި ތަޖިކިސްތާނަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފި

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު, ތަޖިކިސްތާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރާ އެކު--

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެކަން ހަމަޖައްސައިދެއްވާފައިވާތީ ތަޖިކިސްތާނުގެ ފޮރިން މިނިސްޓަރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވާފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ މިއާއެކު ދެޤައުމުގެ މެދުގައި ސަޤާފީ ގުޅުންތައް ފަދަ ގުޅުންތައް ބަދަހިވެގެންދާނެކަމަށެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރުކުރެވޭނީ 2022 ޖެނުއަރީ 1 އިން ފެށިގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

2018 ނޮވެމްބަރުން ފެށިގެން މިހާތަނަށް ރަޝިޔާ، މޮރޮކޯ، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، އިންޑިއާ، ސްރީލަންކާ އަދި ސަޢޫދީއަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ތިބެގެން ބައެއް ޔޫރަޕް ބައެއް ޤައުމުތަކުގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.