Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ވައިގަދަވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް

ފޮޓޯ: އަވަސް

ރާއްޖެ ސަރަހައްދުގެ ވައިގަދަވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ 11:30 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި، އަދި ކަނޑުތައްވެސް ގަދަ ވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ރާއްޖެ ސަރަހައްދުގެ ވައި ބާރު ވެފައިވަނީ ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުންނެވެ.