ފުވައްމުލައްސިޓީގެ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ޏ.ފުވައްމަލުކު ހޯދަނޑު އަވަށުގެ ވަނަވަރު ކިޔާ ގޭގެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ މިއަދު 10:55 ހާއިރު އަލިފާން ނިއްވާލައިފައިވާކަމަށެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 10:43 ހާއިރު ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާ ހިނގަން މެދުވެރިވީ ފަންކާއެއްގެ ޑިމަރެއްގައި ރޯވެގެން ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.