Last Updated: August 19, 19:15
Tuesday, August 19, 2025
ޚަބަރު

މުޖުތަބާ ހޯދުން އަދިވެސް ކުރިއަށް

ހދ. ދިއްދޫން ބޮއްކުރައެއްގައި މަހަށް ނިކުމެ އުޅެނިކޮށް، ބޮއްކުރާ ބަންޑުން ޖަހާލައި ގެއްލުނު ސ. ހިތަދޫ ވިންސަމް އަހުމަދު މުޖުތަބާ ހޯދުމުގެ މަސައްކަތް މިއަދު ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފި އެވެ.

ކޯސްޓްގާޑުން މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު މުޖުތަބާ، 39، ހޯދުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ހޯދަން އިއްޔެ ކުރެވުނު މަސައްކަތުގައި ހއ.ތުރާކުނާ ދިމާލުން 240 އަކަ ނޯޓިކަލް މޭލު ވަނީ ބަލައިފަ އެވެ.

މީގެ އިތުރުން ބޮއްކުރާ ބަންޑުން ޖަހާލި އިރު ނަގިލި އެއްލައިގެން އޮތް ސަރަޙައްދު ވެސް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ބަލައިފަ އެވެ. އަދި ހއ.ދިއްދޫގެ ރައްޔިތުންގެ އެހީތެރިކަމާ އެކު މުޅި ރަށްވަށައިގެންވާ މޫދުގެ ސަރަޙައްދު ސްނޯކްލްކޮށްގެން ބަލާފައިވާ ކަމަށާއި މުޖުތަބާ ހޯދުމުގެ މަސައްކަތް ރޭ ވެސް ކޯސްޓްގާޑުން ވަނީ ކޮށްފަ އެވެ.

ގެއްލުނު އިރު މުޖުތަބާ ލައިގެން ހުރީ ހުދު ކުލައިގެ ގިރުވާން ހުރި އަޅި ކުލައިގެ ޓީޝާޓަކާއި މަޑު ރަތް ކުލައިގެ ގޮޅިޖެހި ސޯޓެކެވެ.