އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުން ބޭނުންތެރިކަމަށް އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ވިދާޅުވި ވާހަކައަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ރައްދު ދެއްވައިފިއެވެ.
ހަސަން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލުމާތު ރައްޔިތުންނަށް ސާފުކޮށްދިނުން މުހިންމު ކަމަށާއި، ފޮރުވައިގެން ސިއްރުން ކަމެއް ކުރަން ނޫޅޭކަން ސާފުކޮށްދޭންޖެހޭކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރިކަމެއްކަމަށް ދެކޭކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހަސަން ލަތީފްގެ މި ޓްވީޓަށް ރައްދު ދެއްވާ އިކްރާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ހަސަން އެ ކޮމިޓީއެއްގައި އިންނަވާ 241 ކޮމިޓީގައި ޔޫޓީއެފް އެއްބަސްވުން "ބޮޑު ސްކްރީންގައި އަޅުވައިގެން ކިޔާނެ ވަރަކަށް ކިޔަން" ދެއްވިކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވިކަމަށެވެ.
"ޑިފެންސް އެގްރީމެންޓްތަކަކީ އެއްވެސް ގައުމެއްގައި އާންމުންނަށް ދޫކޮށްލާ ލިޔުމެއް ނޫނެއްނޫންތޯ. ކޮބައިތޯ އިންޓެންޝަން އަކީ؟" އިކްރާމްގެ ޓްވީޓްގައިވެއެވެ.
MP Hassanves innavaa 241 committee ah MNDF haazirve UTF ehbasvun bodu screen ah alhuvaigen kiyaane varakah kiyan dhevvikamah naib mugarrir @AndhunHussain vidhaalhuvejje. Defence Agreement thakakee evves gaumehga aammunnah dhookolla liymen noonentho. Kobaitho intention akee?
— Ikram Hassan MP (@ikramhassan) November 13, 2021
އިކްރާމްގެ އިތުރުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުވެސް ވަނީ ހަސަންގެ ޓްވީޓަށް ރައްދު ދެއްވާ ޓްވީޓް ކުރައްވާފައެވެ. އެގޮތުން އިސްމާއިލް ވިދާޅުވީ 241 ކޮމިޓީގައި އިންނަވާ، ގާނޫނީ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސޯޝަލްމީޑިއާގައި ޔޫޓީއެފްގެ ވާހަކަ ދެއްކެވުމަކީ ލަދުވެތިކަމެއް ކަމަށެވެ. އަދި ސުވާލު އުފެދޭނަމަ ހަވާލުވެ ވަޑައިގެން ހުންނެވި ގާނޫނީ ޒިންމާ އަދާކުރެއްވުމަށް ހަނދުމަކޮށް އަރުވާކަމަށް އިސްމާއިލްގެ ޓްވީޓްގައިވެއެވެ.
އިސްމާއިލްގެ ޓްވީޓަށް ރައްދު ދެއްވާ ހަސަން ވިދާޅުވީ، ޔޫޓީއެފް އެގްރިމެންޓާމެދު ހަސަންގެ ހިތުގައި ސުވާލު އުފެދެނީ ނޫންކަމަށާއި، އެވާހަކަ ދެއްކީ އެ އެއްބަސްވުން އޮޅުވާލާ މީހުންނަށް އެކަން ކުރަން ފުރުސަތު ބޮޑުވާތީ ކަމަށެވެ.
Ismail. Alhugandah suvaalu ufedheythy eh noon mi vaahaka mi dhannavany. E ebbasvun nulaahiku rangalhuves me. Idhikolhu faraiythakun Rayyithunnah olhuvaalan masakkaiy kuraa iru kan oiygoiy kiyaa nudhevunyma Olhuvaalaa myhunah ekan kuran furusath boduvaathy mi vahaka mi dhannavany
— Hassan Latheef🎈 (@HassanLatheef) November 13, 2021
ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިނގާލުން އިއްޔަ ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހިނގާލުމުގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށް އެފަދަ އަމަލުތައް ކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ.