Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމެރިކާ ސަރުކާރުގެ އިސް ބޭފުޅަކު މާދަމާ ރާއްޖެއަށް

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓަންޓް ސެކެޓްރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޑޮނާލްޑް ލޫ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޫގެ މި ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްއާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް ސަރުކާރުގެ އިސް އޮފިޝަލުންނާއި އެކި މަދަނީ ޖަމިއްޔާތަކާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށްފަހު ލޫ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫ އަށެވެ.