Last Updated: April 19, 22:14
Friday, April 19, 2024
ކުޅިވަރު

އިންޓާ ސްކޫލް ކޯސްޓަލް ބީޗް ސްޕްރިންޓް މުބާރާތް ނިންމާލައިފި

އެމް.ޑަބްލިއު.އެސް.ސީ އިންޓަރ ސްކޫލް ކޯސްޓަލް ބީޗް ސްޕްރިންޓް 2021 ނިންމާލައިފި އެވެ.

މި މަހުގެ 11 އިން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

މި މުބާރާތުގައި ފަސް ސްކޫލަކުން 150 ދަރިވަރުންނާއި 80 މުދައްރިސުން އަދި ހަތަރު ކްލަބަކުން 20 އެތްލީޓުން ވާދަކޮށްފައިވެ އެވެ.

މިއަދު ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ރަން ވަނަތަށް ހޯދި ފަރާތްތަކަށް ހަނދާނީ ލިޔުމާއި މެޑަލް ދީފައެވެ.

މިފަދަ މުބާރާތެއް ބޭއްވީ ރޯވިންގެ އާދަ ކުޑަކުދިންނަށާއި ޒުވާނުންނަށް ދަސްކޮށްދިނުމާއި އެކަން އާލާކުރުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. މި މުބާރާތުގެ ސަބަބުން ވާދަވެރި ޒުވާނުންނާއި ކުދިން އުފެއްދުމުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މީގެއިތުރުން މި މުބާރާތާއެކު އަންނަ އަހަރު ބާއްވާ އޭޝިއަން ކޯސްޓަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ވެސް ފަހިވާނެ ކަމަށް ވަނީ ބުނެފައެވެ.