Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ރާއްޖޭގެ އުތުރަށް ޔެލޯ އެލާޓް

މޫސުން ގޯސްވާނެތީ ރާއްޖޭގެ އުތުރަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހެނދުނު 10:30 އިން މެންދުރުފަހު 15:30 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އުތުރަށް ޔެލޯ އެލާޓް ނެރެފައިވާއިރު ހއ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށް ހަވީރު 04:00 އާ ހަމައަށް ވަނީ ވައިޓް އެލާޓްވެސް ނެެރެފައެވެ. އެވަގުތުގައި އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނި ވައިގަދަވާނެ ކަމަށް ލަފާކޮށެވެ.