Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ކޮވިޑް ފިޔަވަޅުތައް ހަރުކަށި ކުރުމަށް މަޝްވަރާ ކުރަނީ

ފޮޓޯ: އައްޑޫލައިވް

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރުމާ ގުޅޭގޮތުން މަޝްވަރާތައް ފަށައިފިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު މާލެ ސަރަހައްދަށްވުރެއް ބޮޑަށް ކޮވިޑް ފެތުރެމުން އަންނަނީ ރާއްޖޭގެ އެހެން ހިސާބުތަކުގައެވެ. މިދުވަސްވަރު މާލެ ސަރަހައްދުން ޕޮޒިޓިވްވާ ރޭޓަށް ވުރެއް ރާއްޖޭގެ އެހެން ސަރަހައްދުތަކުން ޕޮޒިޓީވްވާ ރޭޓް އިތުރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ފިޔަވަޅުތަކާއި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 89،999 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،201 ކަމަށްވާއިރު އޭގެތެރެއިން 9 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 87،538 މީހުން ރަނގަޅުވެފައިވެއެވެ.