ފުވައްމުލަކު އެއަރޕޯޓްގައި މަސައްކަތްކުރާ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގަނެފިއެވެ.
މޯލްޑިވިއަންއިން ބުނެފައިވަނީ ފުވައްމުލަކު އެއަރޕޯޓްގައި މަސައްކަތްކުރާ ދެ މުއައްޒަފުން ސޭލްސް ނިންމާ ބެންކަށް ފައިސާ ޖަމާ ކުރަންދިޔަ ވަގުތު، ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާ ފައިސާތައް ފޭރި ގަނެފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަނެފައިވަނީ ލައްކައެއްހާ ރުފިޔާއެވެ.
މިކަން ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި، މި ހާދިސާގައި ޒަހަމްވި މުއައްޒަފަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.
މިމައްސަލަ ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ހާމަކޮށްފައިވެއެވެ.