Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ސަމާލުވޭ، ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށެވެ. މިހިސާބަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 02:00 އިން ފެށިގެން ރޭގަނޑު 08:00 އާ ހަމައަށެވެ.

މެތް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.