ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މެންދުރު 02:40 އިން ފެށިގެން ރޭގަނޑު 08:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިވަގުތު ތަކުގައި ވައިގަދަވާނެތީ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައެވެ.
Alert White for strong winds and rough in effect. pic.twitter.com/mlov7if1U0
— Maldives Meteorology (@MetMaldives) November 18, 2021
ރާއްޖެ ސަރަހައްދުގައި މިދުވަސްވަރު ވައިގަދަވެ، ގިނަ ދުވަސް ދުވަހު އަންނަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެމުންނެވެ.