މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ. މިހިސާބަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 09:30 އިން މެންދުރު 01:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަސް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert Yellow: Advisory for Torrential rain and thunderstorms with gust winds of 40 mph. pic.twitter.com/gK2KsJVdUA
— Maldives Meteorology (@MetMaldives) November 21, 2021