މަގުމަތިން ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރު ކޮށްފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ، ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރޭ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
ހައްޔަރު ކޮށްފައިވަނީ 36 އަހަރުގެ ދިވެއްސެއް ކަމަށާއި، އޭނާ ހައްޔަރު ކޮށްފައިވަނީ މާލެއިން ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުވެސް މާލޭ މަގުމަތިން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވެއެވެ.