އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު މުނު މަހާވަރް، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ބައްދަލުކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ވަނި ދެގައުމުން ގުޅިގެން ކުރިއަށްގެންދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
އެގޮތުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ޑިފެންސް ކޯޕަރޭޝަނާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް މައުލޫމާތު ދީފައިވެއެވެ.
High Commissioner @HCIMaldives HE Munu Mahawar paid a courtesy call on Min. @MariyaDidi. Discussions focused on further engagements to meet our common goal of peace & stability in IOR & future 🇲🇻🇮🇳 Def.Cooperation plans. The Min was joined by @CDFofMNDF, VCDF & MilSec BG Matheen. pic.twitter.com/sRPRDbLAbm
— Ministry of Defence (@MoDmv) November 21, 2021
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންފައިވެއެވެ.