Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މަގުމަތިން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މީހާ، ހެކި ނެތިގެން ދޫކޮށްލައިފި

ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަވަސް

މިދޔަ ހުކުރު ދުވަހު މާލޭ މަގެއްގެ މަތިން އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްގެން ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އިއްޔަ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާކަމަށެވެ.

އޭނާ ދޫކޮށްލާފައިވަނީ މައްސަލައާ ގުޅިގެން އެކަށީގެންވާ ހެއްކާއި ގަރިނާ ލިބިފައިނުވާތީ ކަމަށެވެ.

މިމައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ޖިންސީ ފުރައްސާރަ ލިބުނު އަންހެން މީހާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެކަން ހިނގީ ވަޒީފާ އަށް ދިޔަ މަގުމަތީގައި ކަމަށެވެ.