މޯލްޑިވްސް ސްޓޭޓްޝިޕިންގ ކުންފުނީގެ އަމިއްލަ ބޯޓް މުދަލާއެކު ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެއެވެ.
އެމްއެސްއެސްގެ ބޯޓު "އެމްއެސްއެސް ގެލީނާ" މުދަލާއެކު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުއެވެ.
މި ބޯޓު އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ބޯޓް ރާއްޖެ ގެނައުމަށްފަހު ރީބްރޭންޑްކުރުމަށް ސްރީލަންކާގެ ޑޮކްޔާޑަށް ބޯޓް ގެންދިއައެވެ.
ބޯޓްގެ ފުރަތަމަ ދަތުރުގައިވެސް ރާއްޖެ އައިސްފައިވަނީ ފުލް ކާގޯއާއެކު ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ކްރޫއިންގެ 99 އިންސައްތައަކީ ދިވެހިން ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ އުފައްދާފައިފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ކުންފުނީގެ ފުރަތަމަ ބޯޓް އެ އަހަރުގެ އޭޕްރީލްމަހުގެ 5 ވަނަ ދުވަހު ރާއްޖެގެނެސް ހިދުމަތް ފަށާފައިވާއިރު ސްރީލަންކާއާ ރާއްޖެއާ ދެމެދު ކޮންމެ ދިހަ ދުވަހަކުން ދަތުރެއް ކުރެއެވެ.