Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

ގާޒީ އަދީބާއި މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ޖޭއެސްސީ

ފެމެލީ ކޯޓުގެ ޤާޟީ ޢަބްދުﷲ ޢަދީބުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ގާޒީ އަދީބާއި މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމީ ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލައެއް ބަލައި ޙުކުމްކުރުމުގައި، ގާޒީ ޢަދީބު ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާތީ ކަމަށެވެ.

އެގޮތުން ގާޒީ އަދީބުގެ މި ޢަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ގާޒީ ޢަދީބަށް އެންގުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.