ހިޔާ ފްލެޓްގައި އެޗްޑީސީން ކުރިއަށް ގެންދިޔަ ސާވޭއަކަށް ހުރަސް އަޅައި މާރާމާރީ ހިންގަން މަސައްކަތްކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނެފައިވަނީ މި ސާވޭއަކީ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާއި ގުޅޭ މައުލޫމާތު ހޯދުމާއި، އެތަނުގައި ކަނޑައަޅާފައިވާ ގަވައިދުތަކަށް ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމާއި، އެޗްޑީސީން ދެމުންގެންދާ ހިދުމަތްތަކާއި ގުޅޭގޮގޮތުން ހިޔާލު ހޯދުމަށް ކުރިއަށްގެންދިޔަ ސާވޭ އެއްކަމަށެވެ.
މިސާވޭ ކުރިއަށް ދަނިކޮށް ނޮވެމްބަރު 19 ވަނަ ދުވަހު އެ ސަރަަހައްދުން ބަޔަކު ނިކުމެ މި މަސައްކަތުގައި އުޅުނު އެޗްޑިސީގެ މުވައްޒަފުންނަށް ހުރަސްއަޅައި މާރާމާރި ހިންގަން މަސައްކަތް ކޮށްފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ބުނެފައިވަނީ މިފަދަ ސާވޭތަކުގެ ބޭނުމަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށްވެސް އޭގެ ފައިދާ އާއި މަންފާ ކުރާނެ ގޮތަކަށް ރޭވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށެވެ.
އެހެންކަމުން މި ސާވޭ ކުރަމުންދިޔަ މުވައްޒަފުންނަށް ގޯނާކޮށް، މިކަމަށް ހުރަސް އެޅުމަކީ އެޗްޑީސީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމެއްކަމަށެވެ. އަދި މިމަސައްލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކުރަންހުރި ކަންކަން ކުރާނެކަމަށެވެ.