Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

2022 ގެ ބަޖެޓް ފާސްކޮށްފި، ބަޖެޓް ފާސްކުރުމާ ދެކޮޅަށް 8 މެމްބަރުން ވޯޓު ދެއްވި

އަންނަ އަހަރަށް ލަފާ ކުރާ ދައުުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރުމާއި ދެކޮޅަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އިދިކޮޅު ޕީޕީއެމް ޕިއެންސީއަށް ނިސްބަތްވާ މެމްބަރުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް މެމްބަރުން ވޯޓު ދެއްވިގޮތް–

ބަޖެތް ދިރާސާކުރި ކޮމިޓީން ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކޮށްފައިވާއިރު މިއިތުރު ކުރުމުގެ ސަބަބުން ބަޖެޓްގެ ޖުމުލަ އަދަދެއް މާބޮޑު ބަދަލެއް ނާދެއެވެ.

ކޮމިޓީން އިތުރު ކުރި އަދަދާއެކު، ބަޖެޓްގެ ޖުމުލަ ހަރަދު 34.10 ބިލިއަން ރުފިޔާ އަށް އަދި ޖުމުލަ ބަޖެޓް 36.99 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.