މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 113،611 ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން މިމަހުގެ ފުރަތަމަ 24 ދުވަހު ރާއްޖެއަށް ޒިޔާރާތް ކުރި 113،611 ފަތުރުވެރިންނާއެކު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 1,126،539 އަށް އަރާފައެވެ.
ތަފާސްހިސާބުން ދައްކާގޮތުން ރާއްޖެއަށް މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އޮގަސްޓް މަހުގައެވެ. އެމަހު ރާއްޖެއަށް 143,599 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 252،551 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ރަޝިޔާއިން 202،277 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
މީގެއިތުރުންވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލްތަކުގެ ތެރޭގައި ޖަރމަނީ، އެމެރިކާ، ސައުދިއަރަބިއްޔާ، އިނގިރޭސިވިލާތް، ސްޕެއިން، ޔޫކްރެއިން އަދި ފްރާންސް ހިމެނެއެވެ.