Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ރާއްޖެ އަނެއްކާ ބަންދުކުރުން ވާނީ ގެއްލުންބޮޑު ވިސްނުމަކަށް: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19 ގެ އާ ވޭރިއެންޓާ ގުޅީގެން ރާއްޖެ އަނެއްކާވެސް ބަންދުކުރުން ވާނީ ގެއްލުންބޮޑު ވިސްނުމަކަށް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ކޮވިޑް-19 ގެ އާ ވޭރިއެންޓް "އޮމިކްރޮން"އާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވާނެކަން ރައީސް ސޯލިހް ހާމަކުރެއްވުމުންނެވެ.

އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުންބޮޑު ވިސްނުމަކަށް ކަމަށެވެ.

"ކޮވިޑާއެކު އުޅުންނޫންގޮތެއް ނެތް." ރައީސް ނަޝީދު ފޮނުވި މެސެޖްގައި ވެއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާ ކޮވިޑު ވޭރިއަންޓެއް ކަމަށްވާ "އޮމަކްރޮން" ގެ ވާހަކަ އަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެކަމާ ގުޅިގެން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު ބައްދަލުކޮށް، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މި އާ ވޭރިއަންޓަކީ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ކަނޑައަޅާފައެވެ. އަދި މި ވޭރިއެންޓްގެ ސަބަބުން ގިނަ ގައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ބޯޑަރުތައް ބަންދުކުރަމުންނެވެ. އެގޮތުން އަވައްޓެރި ސްރީލަންކާގައި ވެސް ވަނި އެ ވޭރިއެންޓް ފެތުރޭ ގައުމުތަކަށް، އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ.