އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑް އިންޝްއަރެންސްގެ ޗެއާމަނަކަށް ސ. ހިތަދޫ އަރާއިރު، ހިޔަލީ މުހައްމަދު ރަޝީދު ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކޮށްފައިވާ ހިޔަލީއަކީ އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް އަދި ކްލަބް ވެލެންސިޔާގެ ކުރީގެ ޗެއާމަނެވެ.
އަދި ގިނަ ދުވަސްތަކެއް ވަންދެން މައުމޫނު ސަރުކާރު ދުވަސްވަރު އައްޑޫގެ މަޖިލިސް ގޮޑި ފުރުއްވި ބޭފުޅެކެވެ.
އެނގިފައިވާ ގޮތުގައި ހިޔަލީ އެލައިޑްގެ ޗެއާމަނަކަށް ހަމަ ޖެއްސީ މިދިޔަ ހަފްތާ ތެރޭގަ އެވެ.
ހިޔަލީ އަކީ ޕީޕީއެމްގެ އައްޑޫގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ބޭފުޅާ އެވެ.
އޭނާ އަކީ ރައީސް ޔާމީނާ އެކު އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅެކެވެ.