Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

މައްސަލަ ހައްލުކުރުމަށް މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން: ބީއެމްއެލް

ބީއެމްއެލްގެ ކަސްޓަމަރުން - ފޮޓޯ: މިހާރު

ބޭންކްގެ ހިދުމަތްތައް މެދުކެނޑޭ މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބީއެމްއެލްގެ ހިދުމަތްތައް މެދުކެނޑޭ މައްސަލައާ ގުޅިގެން ބީއެމްއެލްއިން ބުނެފައިވަނީ، ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި، ސިސްޓަމްތަކުގެ ސެކިއުރިޓީ އާއި ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

އެގޮތުން ނޮވެމްބަރު 21 ވަނަ ދުވަހު ބޭންކްގެ ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑްގެ ބޮޑު މަސައްކަތެއް ނިންމާލާފައިވާކަމަށާއި، މި އަޕްގްރޭޑަކީ އުނދަގޫ އަދި ބޮޑު މަސައްކަތަކަށްވުމާއެކު މިކަމުގެ ސަބަބުން ހިދުމަތްތައް މެދުކަނޑިގެން ދިއުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށްވެސް ކުރިމަތިވެދާނެކަމެއްކަމަށެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އަޕްގަރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދިމާވަމުންދާކަމަށެވެ. އަދި މިމައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަމަށެވެ.