Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އައްޑޫ މީދޫ ދާއިރާގެ ކުރީގެ ކައުންސިލަރު، ހިޔާޒް އެމްއެންޕީއަށް

ހިޔާޞް އެމްއެންޕީއަށް ސޮއިކުރުމަށްފަހު ޕާޓީގެ ރައީސާ ފޯރމް ހަވާލު ކުރަނީ

އައްޑޫ ސިޓީ މީދޫ ދާއިރާގެ ކުރީގެ ކައުންސިލަރު، ޙުސައިން ހިޔާޟް އެމްއެންޕީއާ ގުޅިއްޖެ އެވެ.

އެމްއެންޕީއިން އެކަން ހާމަކޮށް ސޯޝަލްމީޑިޔާގައި ބުނެފައި ވަނީ ހިޔާޞް އެ ޕާޓީއާ ގުޅުނީ އައްޑޫ ސިޓީގައި އެމްއެންޕީއަކީ ވަރުގަދަ ޕާޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެ ޕާޓީން އިތުރަށް ބުނެފައިވަނީ ޕާޓީ ވަރުގަދަ ކުރުމަށް
ހިޔާޟް ފަދަ ތަޖުރިބާ ހުރި ބޭފުޅުންގެ އެހީ މުހިއްމު ކަމަށެވެ.

ހިޔާޞްއަކީ ނިމިދިޔަ ދައުރުގައި އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިހާބު ކާމިޔާބުކޮށް އެ ދައުރުު ފުރިހަމަކޮށްފައިވާ ކައުންސިލަރެވެ. އައްޑޫ މީދޫ ދާއިރާގައި މި ދައުރަށް އިންތިހާބުވެފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި އާމިނަތު ސާލިހާ އެވެ.

އައްޑޫ ސިޓީގައި އެމްއެންޕީ ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި މަހު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ. އެ ދަތުރުގެ އައްޑޫން އެކި މީހުން އެ ޕާޓީއަށް ސޮއިކޮށްފައިވެ އެވެ.