މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ ހ. ރެޖީނާހައުސް، ޢާއިޝަތު ރަޝީދާއެވެ.
ޢާއިޝަތު ރަޝީދާ މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ޢާއިޝަތު ރަޝީދާއަކީ ޔޫ.އެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް (ޔޫ.އެން.އެސް.ޑީ.ސީ.އެފް ނުވަތަ "ކޯޕަރޭޝަން ފްރޭމްވަރކް") 2021 ސްޓްރެންތްނިންގ ސީ.އާރް.ވީ.އެސް އިން މޯލްޑިވްސް، އީ.އެސް.ސީއޭ.ޕީ.އީ، ޔުނިސެފު 2021 ޑާޓާ ހާމޮނައިޒޭޝަން 2021 ޕްރޮޖެކްޓުގައި މަސައްކަތްކުރައްވަމުންދާ ބޭކަނބަލެކެވެ. އަދި މީގެ ކުރިން ޢާއިޝަތު ރަޝީދާ ވަނީ މޯލްޑިވްސް ކަސްޓަމްސްގައި އެސިސްޓަންޓް ކަސްޓަމްސް އޮފިސަރގެ މަޤާމު ފުރުއްވާފައެވެ.
ޢާއިޝަތު ރަޝީދާއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސަންޑަރލޭންޑް އިން ބެޗްލަރ އޮފް ކޮމްޕިއުޓަރ ސްޓަރޑީޒް ހާޞިލްކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ.