Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

ސުޕްރީމް ކޯޓު ރިސެސް އަށް

ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުން--

މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް ދާން ނިންމައިފި އެވެ.

މާދަމާއިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށް އެ ކޯޓުން ބުންޏެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ.

ކޯޓު ރިސެސްގައި އޮންނަ މުއްދަތުގައި ޚާއްސަ ހާލަތެއް ނެތް ނަމަ، އާންމު އުސޫލުން އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާނެ އެވެ. އެކަމަކު މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް އާންމު އުސޫލުން ގެންދާނެ އެވެ.

ސުޕްރީމް ކޯޓު ރިސެސް އަށް ގޮސްފައިވާއިރު އެ ކޯޓުން މިއަދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ. އެ ހުކުމް ބާތިލު ކުރުމާއެކު ޔާމީން މިހާރު ވަނީ މިނިވަން ވެފައެވެ.