Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ރައީސް ޔާމީނަށް އެމްއެންޑީއެފް ސެކިއުރިޓީ ހަމަޖައްސައިދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމްއެންޑީއެފް ސެކިއުރިޓީ ހަމަޖައްސައިދީފިއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީންގެ ސެކިއުރިޓީ ކަނޑާލާފައި އޮތްއިރު، އެ މައްސަލައިގައި އިއްވާފައި އޮތް ހުކުމް އިއްޔަ ސުޕްރީމް ކޯޓުން ބާތިލުކުރުމުން ވަގުތުން ސެކއިުރިޓީ ހަމަޖައްސާދީފައި ނުވާތީ ބައެއް ފަރާތްތަކުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ހަމަޖައްސާފައިވަނީ ރޭގެވަގުތެއްގައެވެ.

ރައީސުމްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭއިނާޔަތެއްގެ ގޮތުން އެ ފަރާތްތަކަށް އެމްއެންޑީއެފުން ސެކިއުރިޓީ ހަމަޖައްސަައިދޭންޖެހެއެވެ.

ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއިރު، އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ރަށެއްގެ މައްސަލައިގައި މިހާރުވެސް އޮތީ ދައުވާ އުފުލާފައެވެ. ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.