ޖެންޑާ މިނިސްޓްރީގެ 21 މުވައްޒަފަކަށް ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކިކުރުމަށް ނޯޓިސް ދީފައިވަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން ތަކަކަށެވެ. އެމީހުންނަށް ވަކިކުރުމުގެ ނޯޓިސް ދީފައިވަނީ މިއަދު އެ ޖެންޑާ މިނިސްޓްރީއަށް ގެންދިއުމަށް ފަހުއެވެ.
ކަނޑާލުމަށް ނޯޓިސްދިން ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އެފަރާތްތައް ކަނޑާލުމަށް ނޯޓިސް ދީފައިވަނީ އިތުރު އެއްވެސް ފުރުސަތެއް އެފަރާތްތަކަށް ދިނުމަކާނުލައެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި މިފަރާތްތައް ވަކިކުރުމަށް ނޯޓިސް ދީފައިވަނި ހިޔާގައި ތިބި ގިނަ ކުދިންތަކެއް އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުގެ ސަބަބުންނެވެ.
އަދި މި 21 މުވައްޒަފުންނަށް ވަޒީފައިން ވަކިކުރުމުގެ ނޯޓިސް ދީފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމެއްގެ ދަށުން ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.