ދެ މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭޑީބީއާއި ދިވެހި ސަރުކާރުން ސޮއި ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، މިނިސްޓަރ އިބްރާހިމް އަމީރު 2،050،000 ޑޮލަރުގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓްއެއްގައި އޭ.ޑީ.ބީ އާއިއެކު ސޮއި ކޮށްފައިވާކަމަށެވެ.
މީގެ ތެރެއިން 2 މިލިޔަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި އެހީގެ ސަބަބުން ކޮމިއުނިކަލް ޑިސީސް އައުޓް ބްރޭކްސް އަދި ޕެންޑެމިކް ރެސްޕޮންސް ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.