Last Updated: June 20, 10:54
Saturday, June 20, 2026
ޚަބަރު

އަހަރީ ފީ ދައްކަން އޮތް މުއްދަތުގައި ވާނީ ދައްކާފައި: މޯލްޑިވިއަން

ފޮޓޯ: މޯލްޑިވިއަން

އަހަރީ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަން އޮތް މުއްދަތުގައި ދައްކާފައިވާނެކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަންއިން މިފަދައިން ބުނެފައިވަނީ އަހަރީ ފީ ނުދައްކައިގެން އުވާލަން ނިންމި ކުންފުނިތަކުގެ ލިސްޓުގައި އެ ކުންފުނީގެ ނަންވެސް ހިމެނިފައިވާތީއެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި ދައްކާފައިވާނެކަމަށެވެ.

އަހަރީ ފީ ނުދައްކައިގެން 3967 ކުންފުންޏެއް އުވާލަން ނިންމާ އިކޮނޮމިކް މިނިސްޓްރީން އިއުލާނު ކޮށްފައިވެއެވެ.