Last Updated: June 30, 06:12
Tuesday, June 30, 2026
ވިޔަފާރި

އުރީދޫން ޕޯސްޓްޕެއިޑް އަންލިމިޓެޑް ޕެކޭޖެއް

"އުރީދޫ" އިން ޕޯސްޓްޕެއިޑް އަން ލިމިޓްޑް ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހްމަދު ދީދީ (މަރީ) ވިދާޅުވީ އެ ޕެކޭޖްގެ ދަށުން ތިން ޕެކޭޖެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އެއީ އަން ލިމިޓެޑް ގޯލްޑް، ޕްލެޓިނަމް، އަދި ޑައިމަންޑް އެވެ.

އެ ތިން ޕެކޭޖަށް ގެނައި ބަދަލާ ގުޅިގެން އަން ލިމިޓެޑް ކޯލްސް، އެސްއެމްއެސް އަދި އޭގެ އިތުރުން 3.5 ޖީބީ އާ ހަމައަށް ޑޭޓާ އެލޮވެންސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިޑީޑީ އަށް ހާއްސަ ޑިސްކައުންޓެއް ވެސް ލިބިގެންދާނެ ކަމަށެވެ.

މަރީ ވިދާޅުވީ އަންލިމިޓެޑް ޕެކޭޖުތަކާ އެކު ޕޯސްޓް ޕެއިޑް ހުރިހާ ޕެކޭޖެއްގެ މަހު ފީ ވަރަށް ބޮޑުތަން ހެޔޮކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކުރިން ވިއްކި 800ރ. ގެ ޕެކޭޖުގެ އަގު ވެސް މިހާރު 745ރ. އަށް ބަދަލުކޮށްފައިވާ ކަމަށް މަރީ ވިދާޅުވި އެވެ.