Last Updated: May 3, 16:31
Saturday, May 3, 2025
ޚަބަރު

ހުޅުމީދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރީކުރަމުންދިޔަ ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތި އަތުލައިގަތުމަށް ހުޅުމީދޫއިން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ކުރެވޭ މަސައްކަތުގެތެރެއިން މިއަދު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީ ފޭދޫއިން ފުރައިގެން އައްޑޫ ސިޓީ ހުޅުދޫއަށް ދަތުރުކުރި މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 02 ޕެެކެޓްވަނީ އަތުލައިގަނެވިފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ 10 ގްރާމްގެ މަސްތުވާތަކެއްޗެވެ.

މީގެ އިތުރުން ހުޅުމީދޫ ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ބުދަ ދުވަގު ރޭ ވަނީ މަސްތުވާތަކެއްޗާއިއެކު ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 41 ގްރާމްގެ މަސްތުވާތަކެއްޗެވެ. އެހެން ކަމުން ދެ ތިދުވަސް ތެރޭގައި 51 ގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.

އެ ތިން މީހުންވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.