Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ޔާމީން ޖަލްސާތަކުގައި ދައްކާ ވާހަކައިން، ތާއީދު އިތުރުވަނީ ރައީސް ސޯލިހަށް: އިކްރާމް

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން --

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކުން، ތާއީދު އިތުރުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެއްކިވާހަކަތަކުން ޔަގީންވަނީ، ރައީސް ސޯލިހްގެ ސަރުކާރުން ހެޔޮވެރިކަމެއް ކޮށްދެމުން އަންނަކަންކަމަށެވެ.

އަދި ޔާމީން ޖަލްސާތަކުގައި ގިނަގިނައިން ވާހަކަ ދެއްކުމުން ތާއީދު އިތުރު ވާނީ މިސަރުކާރަށް ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ނޫސްވެރިންނަސް ފާޑުވިދާޅުވެ ރައީސް ޔާމީން ވާހަކަ ދައްކަވާފައިވެއެވެ.