Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ތަފާތު އިނާމުތަކާއެކު އެފް އެންޑް އެސްއިން އިޔާ އެންޑް ޕްރޮމޯޝަން ފަށައިފި

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ގޭސް ޑެލިވަރީގެ ހިދްމަތް ދެމުން އަންނަ އެފް އެންޑް އެސްއިން އަގުހުރި އިނާމްތަކާއެކު އިޔާ އެންޑް ޕްރޮމޯޝަން ފަށައިފިއެވެ.

އެފް އެންޑް އެސްގެ އިޔާ އެންޑް ޕްރޮމޯޝަން ކުރިއަަށްދާނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުން އެއް ވަނައަށް ހޮވޭ ފަރާތަކަށް އައްޑޫ – ލަންކާ ދެކޮޅު ޓިކެޓް އަދި 6 މަސްދުވަހުގެ ކައްކާ ގޭސް ހިލޭ ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި ދެވަނަ އަށް ހޮވޭ ފަރާތަކަށް އައްޑޫ – މާލެ ދެކޮޅު ޓިކެޓް އަދި ތިން މަސް ދުވަހުގެ ކައްކާ ގޭސް ހިލޭ ލިބޭއިރު ތިން ވަނައަށް ދާފަރާތަކަށް ސުވަދީވް ރެސްޓޯރަންޓުން 2 މީލްގެ ވައުޗާއެއް އަދި އެއް މަހުގެ ކައްކާ ގޭސް ހިލޭ ލިބޭނެއެވެ.

މީގެއިތުރުންވެސް ގުރުއަތުން ހޮވޭ 15 ފަރާތަކަށް އަގުހުރި އެކި އިނާމުތައް ލިބޭނެއެވެ.

ފާއިތުވި 11 އަހަރު ހިތަދޫގައި އިތުބާރު ކަމާއި އެކު ގޭސް ޑެލިވަރީ ކުރަމުން އައި އެފް އެންޑު އެސް އިން ކައްކާ ގޭހުގެ އިތުރުން އިންޑަސްޓްރިއަލް ގޭސް، ހީލިއަމް، ރެފްރިޖަރެންޓު ގޭސް ވެސް ގުޅިފައިވާ ރަށްތަކަށް ޑެލިވަރީ ކުރެއެވެ.

މިދިޔަ އަހަރުވެސް އެފް އެންޑު އެސް އިން ވަނީ ހިތަދޫ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކާމިޔާބު ޕްރޮމޯޝަނެއް ހިންގާފައެވެ.

އެކުންފުނިން މިއަހަރު މާޗު މަހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ގޭސް ޑެލިވަރީ ފަށާފައިވާ އިރު ގުޅިފައިވާ ރަށްތަކުގެ ހުރިހާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

އެފްއެންޑުއެސްއިން ބުނީ އެކްސްޕްރެސް ގޭސް ޑެލިވަރީ ހިދްމަތް ހޯދުމަށް ގުޅިފައިވާ ރަށްތަކުން 7610011 ގުޅުމުން ގޭސް ޑެލިވަރީކޮށްދޭނެ ކަމަށެވެ.