ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ސްރީލަންކާގެ ޤައުމީ އެއާލައިން ސްރީލަންކަން އިން އައްޑުއަށް ދަތުރުތައް ފަށައިފިއެވެ.
ކޮލޮމްބޯ އާއި ގަމާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19 އާ ގުޅިގެންނެވެ.
އޭރު ގަމާ ކޮލޮމްބޯއާ ދެމެދު ހަފްތާއަކު ހަތަރު ފްލައިޓް ބާއްވާއިރު، މިހާރު ހަފްތާއަކު ބާއްވާނީ އެއް ފްލައިޓެވެ. މިދަތުރުތައް ފަށާފައިވާއިރު ފުރަތަމަ ފްލައިޓް ގަމަށް ޖައްސާފައިވަނީ މެންދުރު 13:30 ހާއިރު އެވެ.
މި ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތު އޭސް އޭވިއޭޝަން ސާވިސް މޯލްޑިވްސްގެ ފަރާތުން ލިބޭނެއެވެ. އެގޮތުން ގުޅޭނެ ނަންބަރު 3333668 ނުވަތަ 7978966 އިން އިތުރު ތަފްޞީލް ލިބޭނެއެވެ. އަދި އައްޑޫގެ ޓިކެޓިންގ އެޑްރެސްއަކީ މިފްރާ، ސ.ފޭދު (ބީޗް ރޯޑް) އެވެ.
އައްޑޫ އާއި ލަންކާ ދެމެދު ކުރެވޭ ދަތުރުތަކަށް އާންމުންގެ ފަރާތުން ބޮޑު ޑިމާންޑެއް އޮވެއެވެ.