Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާ އެކު ތިން މީހުން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މާލެއާއި ހުޅުމާލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ، 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 51 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނެފައިވަނީ 27 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ޓެކްސީއެއް ހުއްޓުވައި އެޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާފުޅިއެއް ފެނުމާ ގުޅިގެން ކަމަށެވެ.

އަދި 28 އަހަރުގެ މީހާ އާއި 51 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ސައިކަލެއް ހުއްޓުވައި ބަލައިފާސްކުރިއިރު 22 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހި މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، ބަންގްލަދޭޝް ދެ މީހުންގެ ބަންދަށް ތިން ދުވަސް ކޯޓުން ވަނީ ދީފައެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.