މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހަށް ނިމުނު ނޮވެމްބަރު މަސް ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްގޮތުން ނިމުނު ނޮމެމްބަރު މަހު ރާއްޖެއަށް ވަނީ 144،725 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. ދެވަނަ އަހަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ އޮގަސްޓްމަހު 143،599 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން ޑިސެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،162،425 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.
މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 261،164 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ރަޝިޔާއިން 205،246 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
މީގެއިތުރުންވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލްތަކުގެ ތެރޭގައި ޖަރމަނީ، އެމެރިކާ، ސައުދިއަރަބިއްޔާ، އިނގިރޭސިވިލާތް، ސްޕެއިން، ޔޫކްރެއިން އަދި ފްރާންސް ހިމެނެއެވެ.