Last Updated: April 26, 18:02
Friday, April 26, 2024
ޚަބަރު

"އެހެން ދީންތައް ފެތުރުން ހުއްޓުވުމުގެ އަމުރު ތަންފީޒުކުރަން ވަގުތު ނަގާނެ"

ޝަހީދު ހުސައިން އާދަމް ބިލްޑިންގ - ފޮޓޯ: މިހާރު

ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓް މީޑިއަމްތަކުން ކުރާ މަސައްކަތް ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ވަގުތު ނަގާނެ ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އަމުރު ތަންފީޒުކުރުމަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރާތީ އަދި ވަގުތު ނަގާނެ ކަމަށެވެ. އަދި އެހެން ދީންތައް ފެތުރުން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނަނީ އިސްލާމިކް މިނިސްޓްރީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ ފަދަ އިދާރާތަކުން ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ނަސާރާ ދީން ފެތުރުމަށް ގިނަ މަސައްކަތްތަކެއް ބަޔަކު ކުރަމުން އަންނައިރު، ގިނަ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މި މައްސަލަ ދިވެހި ފުލުހުންގެ ޚުދުމަތުން ތަހުގީގުކޮށް ކްްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މިފަދަ މީޑިއަމްތައް ބްލޮކް ކުރުމަށް އަމުރު ނެރެފައެވެ.