Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ފޭދޫގައި އާ ޤުރުއާން ކުލާހެއް ހުޅުވަނީ

ސ. ފޭދޫގައި އާ ޤުރުއާން ކުލާހެއް ހުޅުވާ ގޮތަށް ނިންމައި، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޭދޫ މާދެލަ ފަންނުގައި "ނޫރާނީ ޤުރުއާން ކުލާސް" ގެ ނަމުގައި ކުލާހެއް ހުޅުވަނީ ނޫރާނީ ގޭގަ އެވެ.

ހުރިހާ އުމުރެއްގެ މީހުންނަށް އަމާޒުކޮށް ހިންގާ މި ޤުރުއާން ކުލާހުގެ ފީއަކީ މަހަކު 200ރ. އެވެ.

ކިޔަވައި ދެނީ ފޭދޫގެ ތަޖުރިބާކާރު މަޝްހޫރު ޤުރުއާން މުދައްރިސުން ކަމަށްވާ ސޭޗްވިލާ މުހައްމަދު ޖުލޫދާއި ނޫރާނީގެ މަރިޔަމް ނާދިޔާ އެވެ.

ރަޖިސްޓްރީ ކުރަން ގުޅަންް ޖެހެނީ 9992205 މި ނަމްބަރަށެވެ. މި މަހުގެ 20 ގެ ކުރިން ނަން ނޯޓް ކުރަން ޖެހެ އެވެ.