Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

އިއްޔެ އައްޑޫއިން ކޮވިޑް-19 އަށް 15 މީހުން ފައްސިވި

އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް 15 މީހުން ފައްސިވެއްޖެ އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 15 ކޭހުގެ ތެރެއިން 14 ކޭސް ފެނިފައިވަނީ ހިތަދޫ އަވަށުންނެވެ. އަދި މަރަދޫ އަވަށުން 1 ކޭސް ފެނިފައިވާއިރު، އެހެން އެއްވެސް އަވަށަކުން އިއްޔެ ކޭހެއް ފެނިފައި ނުވާކަމަށް އެ ސެންޓަރުން ބުނެ އެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކަށް ބަލާލާއިރު، އެންމެ ގިނަ އެކްޓިވް ކޭސް އުޅެނީ ހިތަދޫ އަވަށުގަ އެވެ. އެގޮތުން، ހިތަދޫ އަވަށުގައި އެކްޓިވް 172 ކޭސް އުޅޭއިރު، ދެވަނައަށް އެންމެ ގިނަ އެކްޓިވް ކޭސް އުޅެނީ މަރަދޫގަ އެވެ. މަރަދޫ އަވަށުގައި 25 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި 5، މަރަދޫފޭދޫގައި 4، އަދި ހުޅުދޫގައި 9 ކޭސް އެބަ އުޅެ އެވެ. ތިންވަނަ އަށް އެންމެ ގިނަ އެކްޓިވް ކޭސް އުޅެނީ މީދޫ އަވަށުގަ އެވެ. މީދޫގައި ޖުމުލަ 21 އެކްޓިވް ކޭސް އުޅޭއިރު، މުޅި އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 237 އަށް އަރާފަ އެވެ.

އައްޑޫގައި އިއްޔެ 108 ސާމްޕަލް ނަގާފައިވާއިރު، 4 މީހަކަށް އަންނަނީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި އައްޑޫއިން 10 މީހަކު ނިޔާވެފައިވާއިރު، ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު އުޅެނީ 160 އަށްވުރެ މަތީގަ އެވެ.