Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ހުވަދު އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ފޮޓޯ: ސަން

ހުވަދު އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.

40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް އެ ސަމާލު ނެރުނީ މިއަދު 11:30 އިން ފެށިގެން 14:00 ގެ ނިޔަލަށެވެ. އަދި ގއ.އަތޮޅާއި ގދ.އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން 14:00 ގެ ނިޔަލަށް ލާމު އަތޮޅުން އައްޑޫ ސިޓީ އާ ހަމައަށް ހުދު ސަމާލުވެސް ނެރެފަ އެވެ. އަދި މި ސަރަހައްދަށްވެސް ގުގުރާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. އަދި 40 މޭލަށް ވައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.