Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

2 ވުޒާރާއަކަށް އެގްޒެކެޓިވް ޑިރެކްޓަރުން އައްޔަންކޮށްފި

ތޫބާ ރަޝީދު

ޔޫތު މިނިސްޓްރީ އާއި ހެރިޓޭޖް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމަށް 2 ބޭފުޅަކު އައްޔަންކޮށްފި އެވެ.

ގާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ބާރުގެ ދަށުން މި 2 މަގާމަށް އައްޔަން ކޮށްފައިވަނީ އަދާލަތު ޕާޓީ އަދި އެމް.އާރު.އެމްގެ ބޭފުޅުންނެވެ. އެގޮތުން، ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އަދާލަތު ޕާޓީގެ ތޫބާ ރަޝީދު އަދި ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރގެ މަޤާމަށް އެމް.އާރް.އެމްގެ ޢަލީ ޠާއިފް ވަނީ އައްޔަންކޮށްފަ އެވެ.

މި 2 ބޭފުޅުންނަށްވެސް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް ޖުމުލަ 18،000 ރުފިޔާ ލިބޭނެ އެވެ. ސިޔާސީ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 402 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އަންނަ އަހަރު 1039 ސިޔާސީ މަގާމުގައި މުވައްޒަފުން ތިބޭނެއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ގިނަ ފަރާތްތަކުން ގޮވަމުން އަންނައިރު، ފާއިތުވި މަސް ދުވަހުގެ ތެރޭގައި އެމްޑީޕީގެ ތިން އެކްޓިވިސްޓަކު ވެސް ވަނީ ސީނިއާ އެގެޒެކެޓިވުންގެ މަގާމަށް އައްޔަން ކޮށްފައެވެ.