Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ކުރީ ސަރުކާރުން ހާވާފައޮތް ހަޑި، ޖަރީމާ ހައްލުކުރާނީ މި ސަރުކާރުން: ފައްޔާޒް

މިނިސްޓަރު ފައްޔާޒް އިސްމާއިލް--

ބިދޭސީންގެ މައްސަލައިގައި ކުރީ ސަރުކަރުން ހާވާފައި އޮތް ހަޑި ސާފު ކުރާނީ މި ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވީ ބިދޭސީންގެ މައްސަލަ އިތުރުވެ އެކަމާ ގުޅިގެން ފައްޔާޒް ޓެގްކޮށް ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ.

ފައްޔާޒް ވިދާޅުވެފައިވަނީ، 2014 ވަނަ އަހަރުން ފެށިގެން 2018 އާހަމައަށް ހާވާފައޮތް ހަޑި މުޑުދާރު ޖަރީމާއާ ހަވާލުވެ "އިރާދަކުރެއްވިއްޔާ ހައްލުކުރާނީ މި ސަރުކާރުން" ކަމަށެވެ. އަދި ބިދޭސީންނަށް އެހީތެރިކަން ފޯރު ކޮށްދެއްވާނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެފައިވާއިރު، ބިދޭސީންގެ މައްސަލައަސް ހައްލެއް ހޯދުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް 2019 ވަނަ އަހަރު ޕްރޮގްރާމެއް ހިންގާ، އަނބުރާ ގައުމަށް ދިއުމަށް ބޭނުންވެފައިތިބި ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.